މާފުށި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާފުށި ޖަލަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މޯބައިލް ފޯނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެ ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާ...

15 Mar 2021 | 05:42

މާފުށި ޖަލަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މޯބައިލް ފޯނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މާފުށި ޕްރިޒަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، މާފުށި ޖަލު ހިމެނޭ ސަރަހައްދު ބަަލައި ފާސްކުރިއިރު 15 މޯބައިލް ފޯނާއި، ހަތަރު ޔޫއެސްބީ ކޭބަލްގެ އިތުރުން ޗާޖަރެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް