އިންސާނުންނަކީ އަބަދުވެސް ރީތިކަމަށް ވަރަށް ލޯބިކުރާބައެކެވެ. އެގޮތުން އިންސާނާގެ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭން އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އެއްކަމަކީ ސާފު ރީތި ހުދު ދަތްޕިލައެއް ހުރުމެވެ. ހިނިތުން ވެލާއިރު އެ ފެންނަ ދަތްތަކަކީ ހުދު ރީތި ދަތްޕިލައެއް ކަމުގައިވާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެކަމުގެ ސަބަބުން މީހުން އެމީހަކާމެދު ހިތްހަމަޖެހެއެވެ. އެއީ އިންސާނާގެ ތޮބީއަތެވެ.
އެހެން ކަމުން ކޮންމެ މީހަކުވެސް ރީތި ސާފު ދަތްޕިލައެއް ބޭނުންވެއެވެ. ރީތި ދަތްޕިލައެއް ބޭނުންވާ މީހެއް ނަމަ ކެފެއިން ހިމެނޭ ބުއިންތަކާ ދުރުވުން މުހިއްމެވެ. އެގޮތުން ކޮފީ ފަދަ ބުއިންތައް ދުރުކޮށްލުން ވަރަށް މުހިއްމެވެ.
މީގެ އިތުރުން ދުފުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަތްތަކުގެ ކުލަޔަށް ބަދަލުއައިސް ކުލަ ރީނދޫވާގޮތް ދިމާވެއެވެ. އެހެން ކަމުން ރީތި ހުދު ދަތްޕިލައެއް ބޭނުންވާނަމަ މި ދެކަންތަކުން ދުރުވުން ވަރަށް މުހިއްމެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ރީތި ހުދު ދަތްޕިލައެއް ބޭނުންވާނަމަ ސްޓޯބެރީއަކީ ނުކައި ދޫކޮށްލެވޭ ވަރުއެއްޗެއް ނޫނެވެ. ސްޓޯބެރީ ކެއުމުގެ ސަބަބުން ދަތްތަކުގެ ކުލަ އަލިކޮށްދީ، ދަތްތަށް އިތުރަށް ސާފު ވުމަށް މަގުފަހިވެގެން ދެއެވެ.
އަދި ހަމައެހެންމެ ކެއުމުގައި ތަފާތު ވައްތަރުގެ ތަރުކާރީ ބޭނުން ކުރުމަކީވެސް ދަތްތައް އިތުރަށް ވަރުގަދަ ކޮށްދޭ ކަމެކެވެ. އަދި ދަތްއުގުޅަން ގެންގުޅޭ ބޭހުގެ ތެރެއަށް ބޭކިން ޝޮޑާ އެއްކޮށް ލުމަށް ފަހު ބޭނުން ކުރުމުންވެސް ދަތްތަކަށް ރީތިކަމާއި، ހުދުކަން ގެނެސްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް