"ދެން ކޮވިޑް ޖެހިއްޖެ ނަމަ ސަވައިވް ނުވާނެ ކަމަށް ޑރ ބުނި. ކޮވިޑް އަކީ ސީރިއަސް ބައްޔެއް" މަލް

މަލްހާ ރަޝީދު އަކީ އުމުރުން 19 އަހަރުން ފެށިގެން ކެންސަރ ބައްޔަށް ފަރުވާކުރަމުން އަންނަ މީހެއް ކަމަށް އެޗްޕީއޭ އިން އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ވެއެވެ. މަލްހާ ބުނެފައި ވަނީ އޭނާގެ ހުންނަނީ ކްރޮނި...

15 Mar 2021 | 04:33

މަލްހާ ރަޝީދު އަކީ އުމުރުން 19 އަހަރުން ފެށިގެން ކެންސަރ ބައްޔަށް ފަރުވާކުރަމުން އަންނަ މީހެއް ކަމަށް އެޗްޕީއޭ އިން އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ވެއެވެ.

މަލްހާ ބުނެފައި ވަނީ އޭނާގެ ހުންނަނީ ކްރޮނިކް މައިލޮއިޑް ލުކީމިޔާ ކަމަށެވެ. އެއީ ލޭގެ 'ވައިޓް ބްލަޑް ސެލް' އަށް ޖެހޭ ކެންސަރެވެ. ކެންސަރު ޖެހުނުތާ، މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހަށް ނުވަ އަހަރު ވާއިރު، ވޭތުވެދިޔަ ނުވަ އަހަރު އެކި ކަހަލަ ޓްރީޓްމަންޓް ނަގާފައި ވާނެ ކަމަށް މަލްހާ ބުންޏެވެ.

އިންޑިޔާ އަދި މެލޭޝިޔާއިން ވެސް ފަރުވާ ހޯދާފައިވާ މަލްހާ ބުނެފައި ވަނީ، މި ވީ ނުވަ އަހަރުގެ ތެރޭގައި، ކޮންމެ ދުވަހަކީވެސް ކީމޯ ނަގާފައިވާނެ ދުވަހެއް ކަމަށެވެ.

އޭގެ ތެރެއިން ފާއިތުވި ހަތަރު އަހަރަކީ ރެމިޝަން ނެގި ދުވަސްތައް ކަމަށާއި، އެއީ ވަރަށް ރަނގަޅު ދުވަސްވަރެއް ކަމަށް މަލްހާ ފާހަގަ ކޮށްފައި ވެއެވެ. ސަބަބަކީ ކެންސަރުގެ ނުވަ އަހަރުގެ ތެރޭގައި ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށް މަލްހާ ބުނެފައި ވެއެވެ.

ކީމޯ ނަގަން ނުޖެހޭނެ ދުވަހެއް އައިސްދާނެ ކަމާއި، ބޭސް ހުއްޓާލެވިދާނެ ކަމަށް އުންމީދު ކުރެވޭވަރަށް ބަލި ރަނގަޅުވި ކަމަށް މަލްހާ ބުންޏެވެ. ނަމަވެސް މާލެ އައި ތަނުން ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ފަހުން ބަލިވުމުން ޓެސްޓްކުރި އިރު، ކެންސަރ ފެތުރެން ފަށާފައިވާ ކަމަށް މަލްހާ ބުނެއެވެ.

އޭގެ ފަހުން ފަސް މަސް ވެފައި ވާއިރު، މިހާރު ރިމިޝަން ނުނަގާ ކަމަށާއި، އަދިވެސް ބޭސް ކުރަނީ ކެންސަރު ފެރުތުން ހުއްޓި، އަލުން ރިމިޝަން އަކަށް ދޭތޯ ކަމަށް މަލްހާ ބުނެއެވެ.

" ކޮވިޑް ޖެހުނުފަހުން މިހާރު މިހިރީ ވެކްސިން ވެސް ޖަހައިގެން. ސޯ، މައ ިޑޮކްޓަރ ސެއިޑް ދެއަރ އިޒް ނޯ ވޭ އޭ، ދެވަނަ ފަހަރަކަށް ކޮވިޑް އިން ސަވައިވް ވާނެ، ކޮވިޑް ޖެހިއްޖެއްޔާ. ދެޓްސް އިޓް އޭ ފޯމީ"

ވެކްސިން ޖެހި ސަބަބު ކިޔައިދެމުން މަލްހާ ބުނެފައި ވެއެވެ.

" ބުނެލަން ބޭނުމީ ކޮވިޑް އަކީ، ނޮޮޓް ޖަސްޓް ފްލުއޭ، ފޯ ސަމްވަން ލައިކް މީ"

މަލްހާ ބުނެފައި ވަނީ ތަންކޮޅެއް ސިއްހަތު ރަނގަޅު މީހަކަށް ހުންޖެހިފައި ރަނގަޅު ވުމުން އެ ނިމުނީ ކަމަށާއި، ނަމަވެސް މަލްހާ ފަދަ މީހުންނަށް މިކަމުން މުޅި ހަޔާތް ބަދަލު ކޮށްލާކަމަށް މަލްހާ ބުނެއެވެ.

އެހެންކަމުން ހުރިހާ ބޭފުޅުންވެސް ވެކްސިން ޖަހައި، ކޮވިޑް އަކީ ސީރިއަސް ކަމެއް ގޮތުގައި ދެކުމަށް މަލްހާ އެދިފައި ވެއެވެ. އޭގެ ސަބަބުން މަލްހާ ފަދަ މީހުންނަށް ކޮވިޑް ޖެހުމުން ރައްކާތެރިވެވޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިފަދަ މީހުންނަށް ކޯވިޑް-19 ބަލީގައި ބޮޑުވަރުވެ ފުރާނަޔަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުވާނެތީ، މުޖުތަމަޢުގައި އުޅޭ ދިފާޢީ ނިޒާމް ބަލިކަށިވެފައިވާ މީހުންގެ ރައްކާތެރިކަމަށް އެންމެންވެސް ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭގެ މި ވީޑިއޯގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް