ޕްރިމިއާ ލީގު: ވެސްޓް ހޭމް އަތުން މޮޅުވެ ޔުނައިޓެޑް ލީގުގެ ދެވަނައަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް އާއި ދެކޮޅަށް ލުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑް އަލުން ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީ...

15 Mar 2021 | 04:14

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް އާއި ދެކޮޅަށް ލުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑް އަލުން ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މޮޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައެވެ. ނަމަވެސް މި ލަނޑަކީ ވެސްޓް ހޭމް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު ވަދެފައިވަނީ ބްރޫނޯ ފަނާންޑޭޒް ނަގައިދިން ކޯނަރެއް ވެސްޓް ހޭމްގެ ކުޅުންތެރިއެއް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

ރޭގެ މި މޮޅާއި އެކު ޔުނައިޓެޑް ހޯދި 3 ޕޮއިންޓާއެކު އެޓީމުން ވަނީ އެއްވަނައިގައި އޮތް ސިޓީއާއި ދެމެދު އޮތް 17 ޕޮއިންޓްގެ ފަރަގު 14 ޕޮއިންޓަށް ކުޑަކޮށްފައެވެ.  ތާވަލްގެ އެއްވަނައިގައި އޮތް ސިޓީ މިހާތަނަށް ލީގުގައި 30 މެޗު ކުޅެގެން 71 ޕޮއިންޓް ހޯދާފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް 29 މެޗު ކުޅެގެން ލިބުނީ 57 ޕޮއިންޓެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް