އެޗް1އެން1ގެ އަސަރު ފެނުނު މީހުންގެ އަދަދު 82 އަށް

ރާއްޖޭގައި އެޗް1އެން1 ވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 82 އަށް އަރާފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ...

15 Mar 2017 | 14:35

ރާއްޖޭގައި އެޗް1އެން1 ވައިރަސްގެ އަސަރު ފެނުނު މީހުންގެ އަދަދު 82 އަށް އަރާފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު އާއްމުކުރި ތަފާސް ހިސާބުގައެވެ.

މިއަދުގެ ތާރީހުގައި ނެރެފައިވާ އެ ތަފާސްހިސާބުގައި ހާމަކޮށްފައިވާގޮތުގައި މި އަހަރުގެ މިހާތަނަށް 279 މީހަކު އެޗް1އެން1 އަށް ޓެސްޓް ކޮށްފައި ވެ އެވެ. މީގެ އިތުރުން ފްލޫ ކްލިނިކްތަކަށް ކޮންސަލްޓް ކޮށްފައިވާ އަދަދުވެސް ހާމަކޮށްފައި ވެ އެވެ. އެގޮތުން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް 473 މީހަކު ކޮންސަލްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 4 މީހަކު އެޑްމިޓް ކޮށްފައިވާކަމަށް ބުނެފައި ވެ އެވެ. އޭޑީކޭގެ ފްލޫ ކްލިނިކަށް 118 މީހަކު ކޮންސަލްޓް ކޮށްފައިވާއިރު ހުޅުމާލޭގެ ފްލޫ ކްލިނިކަށް 162 މީހަކު ކޮންސަލްޓް ކޮށްފައިވާއިރު ވިލިމާލެ ފްލޫ ކްލިނިކަށް 145 މީހަކު ކޮންސަލްޓް ކޮށްފައިވާކަމުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅު ތަކުގެ ފްލޫ ކްލިނިކް ތަކުގެ އަޕްޑޭޓްސްތައްވެސް އެ ސްޓެޓިސްޓިކްސްގައި ހާމަކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް