މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި، އަގަކީ 130 ރުފިޔާ

ރާއްޖޭގައި ރޯގަލާއި ހުމާއެކު އެންވަންއެންވަން ވެސް ފެތުރެމުން އަންނައިރު މާބަނޑުމީހުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށާފައިވާކަމުގައި އައިޖީއެމްއެޗް އިން ހާމަކޮށްފި އެވެ. މީޑިއާތަކަށް މައުލޫމާތު ...

15 Mar 2017 | 08:58

ރާއްޖޭގައި ރޯގަލާއި ހުމާއެކު އެންވަންއެންވަން ވެސް ފެތުރެމުން އަންނައިރު މާބަނޑުމީހުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށާފައިވާކަމުގައި އައިޖީއެމްއެޗް އިން ހާމަކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރ އަހުމަދު މައުސޫމް ވިދާޅުވެފައިވަނީ މާބަނޑު އެންމެނަށް ވެކްސިން ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އައިޑީކާޑާއި މާބަނޑުމީހުންގެ ކާޑު ހިފައިގެން އެ ހޮސްޕިޓަލުގެ މާބަނޑު މީހުންގެ ކްލިނިކަށް ދިއުމުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވެފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ވެކްސިން ޖެހޭނެ ކަމަށާއި އަދި އެ ވެކްސިނަކީ އާސަންދައިން ކަވަރު ނުކުރާ ވެކްސިނެއް ކަމުން ވެކްސިންގެ އަގަކީ 130 ރުފިޔާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް