އިންޓާ ސްކޫލް ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ކެންސަލްކޮށްފި

ފުރަތަމަ އިންޓާ ސްކޫލް ޤުރުއާން މުބާޜާތުގެ ފެށުމުގެ ރަސްމިއްޔާތު ކެންސަލްކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތު ކެންސަލް ކުރީހަލުވިކަމާއި ރޯގާ އާއި ހުމުގެ އިތުރުން ސްވައިން ފްލޫ ފެތ...

14 Mar 2017 | 20:20

ފުރަތަމަ އިންޓާ ސްކޫލް ޤުރުއާން މުބާޜާތުގެ ފެށުމުގެ ރަސްމިއްޔާތު ކެންސަލްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތު ކެންސަލް ކުރީހަލުވިކަމާއި ރޯގާ އާއި ހުމުގެ އިތުރުން ސްވައިން ފްލޫ ފެތުރެމުންދާތީ ކަމަށެވެ. ރަސްމިއްޔާތު ފަސް ކުރި ނަމަވެސް މި މުބާރާތް ފަސްކުރަން އަދި ނިންމާފައިނުވާ ކަމަށާއި ކުރިންވެސް ތާވަލްކޮށްފައިވާ ގޮތުން މުބާރާތުގެ ކިޔެވުން ކުރިޔަށް ދާނެކަމަށް ކަމަށް އެމިނިސްޓްރީން ބުނެ އެ.

ފުރަތަމަ އިންޓާ ސްކޫލް ޤުރުއާން މުބާރާތުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ.މި މުބާރ މުބާރާތުގައި ވާދަ ކުރާ ކުދިންގެ ތެރެއިން އަންނަ މެއިި މަހު ތުރުކީގައި ބާއްވާ ބައިނަލް އަގްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވާނެ ކުދިން ހޮވުން އޮންނާނެ އެވެ.

އިންޓާ ސްކޫލް ޤުރުއާން މުބާރާތުގައި ހިތުން ކިޔުމުގެ ބައިންނާއި ބަލައިގެން ކިޔުމުގެ ބައިން ތިން ކެޓަގަރީއަކުން ކުދިން ވާދަ ކުރާނެ އެވެ. މި މުބާރާތުގައި އަތޮޅުތަކާއި މާލޭގެ ސްކޫލްތަކުން ޖުމްލަ 380 ކުދިން ވާދަ ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް