އަމުރަށް ނުކިޔަމަންތެރިވެގެން އެމްޑީޕީގެ ހަ މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ކުރި ހުކުމާއި ގުޅިގެން އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ހ...

15 Mar 2015 | 08:16

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ކުރި ހުކުމާއި ގުޅިގެން އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މެންދަމު ހަ މީހަކު ހައްޔަރުކުރީ މާލޭގެ އެކި ހިސާބުތަކުގައި ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް އުކާލުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. އެ ހަ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ސަލްސާ ރޯޔަލް ކައިރިން ކަމަށް ވެސް މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު އަޒްމީލް ހިމެނެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ވެސް ހުންނެވި، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، 13 އަހަރަށް ޖަލަށް ހުކުމް ކުރުމުން، އެ މަނިކުފާނު މިނިވަން ކުރަންދެން އިހްތިޖާޖު ކުރުމާއި އެހެން ހަރަކާތްތައް ހިންގަން އެމްޑީޕީން ރޭ ވަނީ ނިންމައިފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައީސް ނަޝީދު ހައްޔަރުކުރިފަހުން އެމްޑީޕީން އަންނަނީ ކޮންމެރެއަކު މާލޭގައި އެއްވުންތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް