ރައްޔިތުންނަށް ނަފްސާނީ އަދި އެކިވަރުގެ ހާނިއްކަ ވާގޮތަށް ފުލުހުންގެ އަމަލުތައް ބަހައްޓާ: އެމްޑީޕީ

މުޒާހަރާތައް ރޫޅާލުމުގައި ގިނަ ރައްޔިތުންތަކަކަށް ނަފްސާނީ އަދު އެކިވަރުގެ ހާނިއްކަ ވާފަދަ ގޮތަކަށް ފުލުހުންގެ އަމަލުތައް ބަހައްޓާކަމަށް އެމްޑީޕީން ބުނެފި އެވެ. އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބު...

15 Mar 2015 | 07:39

މުޒާހަރާތައް ރޫޅާލުމުގައި ގިނަ ރައްޔިތުންތަކަކަށް ނަފްސާނީ އަދު އެކިވަރުގެ ހާނިއްކަ ވާފަދަ ގޮތަކަށް ފުލުހުންގެ އަމަލުތައް ބަހައްޓާކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ވަންދެން ކުރިއަށްގެންދާ ތަފާތު ހަރަކާތުގެ ތެރެއިން ކޮންމެ ރެޔަކު ކުރިއަށްދާ އިންޒާރުގެ މުޒާހަރާތަކުގެ ތެރެއަށް ފުލުހުން ވަދެ ނުހަނު ބޮޑަށް ބާރުގެ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޭގެ މުޒާހަރާ ލީޑްކުރައްވަން ހުއްނެވި އެމް.ޑީ.ޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސް މުޙައްމަދު އަޒްމީލްގެ އިތުރުން ކަނޑިތީމު ދާއިރާގެ ރައީސް މުހައްމަދު ޝަހީމް ވަނީ ރޭގެ ސުލްހަވެރި މުޒާހަރާގައި ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައިވާކަމަށާއި އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ އެމް.ޑީ.ޕީގެ މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް އިބްރާހިމް އަޙުމަދު (މާލިމީ އިބްރާހިމް) ހައްޔަރުކޮށް ޓެރަރިޒަމްގެ ތުހުމަތު ކޮށްފައިވާކަންވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ރައްޔިތުންނަށް ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫން އަސާސީން ލިބިގެން ވީހިނދު ހައްޔަރީން ކޯޓަށް ހާޒިރުކުރުމަށްފަހު ދޫކޮށްލަނީ ގިނަ ފަހަރު 2 މަސް ދުވަސް މުޒާހަރާތަކުން ދުރުގައި ހުރުމަށް ޝަރުތުކޮށްފައިވާކަމަށާއި މިފަދަ ޝަރުތުތަކަކީ ދިވެހި ރައްޔިތުންނަށް ދިވެހި ރާއްޖޭގެ ޤާނޫން އަސާސީން ލިބިދީފައިވާ އަސާސީ މިނިވަންކަމުގެ މައްޗަށް ނަހަމަ ގޮތުގައި ސަރުކާރާއި ސަލާމަތީ ބަރުތަކުގެ އިތުރުން ފަނޑިޔާރުގެއިން އަރައިގަނެ އަސާސީ ހައްގެއް ރައްޔިތުންގެ ކިބައިން ނިގުޅައިގަތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް