ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފުގެ ފުރަތަމަ އަޑު އެހުން ހައިކޯޓުގައި މިއަދު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
އެ މައްސަލައިގެ އަޑުއެހުން ބާއްވަން ނިންމާފައިވަނީ މިއަދު މެންދުރު ފަހު 02:00 ގައި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ދައުލަތުން އެދިގެން ޝަރީއަތަށް ހާޒިރު ނުވެދާނެ ކަމުގެ ބިރަށްޓަކައި މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފެބްރުއަރީ 23 ވަނަ ދުވަހު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ނަޝީދު ހާޒިރުކުރެއްވުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ފަށަން ނިންމާފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށްވެސް ހުކުމްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް