ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ދެ ރަށެއްގައި ފާމަސީ ހުޅުވާ އެ ފާމަސީތަކުން ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ އިތުރަށް ފާމަސީތައް ހުޅުވާފައިވަނީ ލ.އިސްދޫއާއި ނ.ހެނބަދޫގައި ކަމަށެވެ.
އެސްޓީއޯއިން އިތުރަށް ބުނީ މި ހަތް ފާމަސީ އިން އާސަންދައާއިއެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށާއި .އަދި މިއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު 92 އަށް ބަދަލުވެފައިވާކަމަށެވެ.
މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް