ރަމަޟާން 1446: ކަރާޗީގައި ބަޔަކު ފޮރުވައިގެން ގެންގުޅުނު 20 ހާސް ބަސްތާ ދޯބުރާލި ހަކުރު އަތުލައިގެންފި

ޕާކިސްތާނުގެ ކަރާޗީގައި ބަޔަކު ފޮރުވައިގެން ގެންގުޅުނު 20 ހާސް ބަސްތާ ދޯބުރާލި ހަކުރު އަތުލައިގެންފައިވާކަމަށް ކަރާޗީ ފުލުހުން ބުނެފިއެވެ. އަތުލައިގަތް 20 ހާހަށްވުރެ ގިނަ ބަސްތާ ދޯބުރާލި ހަކުރު އަތުލަ...

15 Feb 2025 | 10:58

ޕާކިސްތާނުގެ ކަރާޗީގައި ބަޔަކު ފޮރުވައިގެން ގެންގުޅުނު 20 ހާސް ބަސްތާ ދޯބުރާލި ހަކުރު އަތުލައިގެންފައިވާކަމަށް ކަރާޗީ ފުލުހުން ބުނެފިއެވެ.

އަތުލައިގަތް 20 ހާހަށްވުރެ ގިނަ ބަސްތާ ދޯބުރާލި ހަކުރު އަތުލައިގެންފައިވަނީ ގުދަނެއްގެ ތެރެއިންނެވެ. އެތަކެތި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް ރޯދަމަހަށް ފިހާރަތަކަށް ވިއްކަން ދޫކުރަން ވަނީ ނިންމާފައެވެ.

ރޯދަމަސް ފެށެން ގާތްވެފައިވާއިރު ޕާކިސްތާނުގައި ދޯބުރާލި ހަކުރުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ގައުމުގައި ދޯބުރާލި ހަކުރު ކިލޯއެއްގެ އަގު 18 ރުޕީސް )ދިވެހި ރުފިޔާއިން ބަލާނަމަ 1 ރުފިޔާ) އިން 150 ރުޕީސް (8 ރުފިޔާ 30 ލާރި) އަށް ވަނީ އަރާފައެވެ.

ދޯބުރާލި ހަކުރުގެ އަގު އާސުމާނާ ހަމައަށް އަރައިގެން މިދިޔައީ ޕާކިސްތާނުގައި ހަކުރު އުފައްދާ ފަރާތްތަކުން ގަސްތުގައި ހަކުރުގެ އަގު އިންތިހާއަށް އުފުލަމުންގެންދާތީކަމުގައި ތުހުމަތުކޮށްފައިވެއެވެ. އެ ފަރާތްތަކަކީ ”ސުގަރ މާފިއާ“ގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ދޯބުރާލި ހަކުރުގެ އަގު ޕާކިސްތާނުގައި އުފުލެމުންދާ ރޭޓަށް ބަލާއިރު ރޯދަމަހު ދޯބުރާލި ހަކުރު ކިލޯއެއް ގަންނަން ލިބޭ އަގު 170 ރުޕީސް (9 ރުފިޔާ 42 ލާރި) އަށް އެރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް