ފަސް ވަޒީރަކާއެކު "އަހާ" ފޯރަމް މިރޭ

ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން "އަހާ"ގެ ނަމުގައި ބާއްވާ އާންމުފޯރަމްތަކުގެ ސިލްސިލާ ފޯރަމެއް ޕަބްލިކް ސަރވިސް މީޑިޔާގެ ސްޓޫޑިއޯގައި މިރޭ އޮންނާނެ ކަން ހާމަކޮށްފިއެވެ. މި ފޯރަމަކީ ރަ...

15 Feb 2025 | 10:44

ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން "އަހާ"ގެ ނަމުގައި ބާއްވާ އާންމުފޯރަމްތަކުގެ ސިލްސިލާ ފޯރަމެއް ޕަބްލިކް ސަރވިސް މީޑިޔާގެ ސްޓޫޑިއޯގައި މިރޭ އޮންނާނެ ކަން ހާމަކޮށްފިއެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީ.އެސް.އެމް.) ގުޅިގެން ބާއްވާ ފޯރަމެކެވެ.

މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރޢާއިޝަތު ޝިހާމް، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި މިފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެފަރާތުން ރައްޔިތުންނަށް ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުންޖަވާބު ދެއްވުމަށް ފުރުޞަތު ހުޅުވާލާނެއެވެ. މިކަމަކީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

މި ފޯރަމަކީއާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމް މިރޭ އޮންނާނީ 9 ޖަހާއިރު ޕީ.އެސް.އެމްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް