ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންޓިނިއުއިން މެޑިކަލް އެޑިއުކޭޝަން ސެޝަނެއް ބާއްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން "އެޕްރޯޗް ޓު ސައިޓޯޕެނިއާ" ގުޅޭ ގޮތުން ކޮންޓިނިއުއިން މެޑިކަލް އެޑިއުކޭޝަން (ސީއެމްއީ)  ސެޝަނެއް ކުރިއަށް ގެންސްފިއެވެ. މި މަހުގެ 10 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވ...

15 Feb 2024 | 10:59

ޓްރީ ޓޮޕް ހޮސްޕިޓަލުން "އެޕްރޯޗް ޓު ސައިޓޯޕެނިއާ" ގުޅޭ ގޮތުން ކޮންޓިނިއުއިން މެޑިކަލް އެޑިއުކޭޝަން (ސީއެމްއީ)  ސެޝަނެއް ކުރިއަށް ގެންސްފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ސީނިއާކޮންސަލްޓެންޓް ހެމަޓޮލޮޖިސްޓް ޑރ.ސަޗިން ޖާދަވް އެވެ.

މި ސެޝަނުގައި ދާއިރާގެ މަޝްހޫރި މާހިރުން ވަނީ އެ ފަރާތްތަކުގެ އަގުހުރި ހިޔާލުތައް ޙިއްޞާކޮށްފައެވެ. މި ޕެނަލްގެ މޮޑަރޭޓަރުންގެ ގޮތުގައި ސަޗިން ޖާދަވް އާއި ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް ޑރ.މުޙައްމަދު އަމްރު ހަރަކާތްތެރިވިއިރު، ކޮންސަލްޓެންޓް އިންޓަރނަލް މެޑިސިން ޑޮކްޓަރ މަޙްމޫދު ޢައްބާސްއާއި، ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް ޑޮކްޓަރ ކަމާލް ރާޖް ސޯތީއާއި ކެންސަރ ސޮސައިޓީގެ ޗެއަރޕަރސަން ޖުވެއިރިޔާ ސަޢީދު ބައިވެރިވިއެވެ.

ސައިޓޯޕެނިއާ އަކީ ލޭގެ އެއް ބާވަތެއް ނުވަތަ އެއަށްވުރެ ގިނަ ވައްތަރުގެ ސެލްތައް ލޭގައި އާދަޔާ ހިލާފަށް ދަށްވާ ހާލަތެކެވެ. ސައިޓޮޕެނިއާ ޖެހުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮމްޕްލެކްސް އަދި ތަފާތު ސަބަބުތަކަކަށް ވެދާނެ ކަމަށާއި އޭގެ ތެރޭގައި ޕެރިފެރަލް ޑިސްޓްރަކްޝަން، އިންފެކްޝަން، ބޭހުގެ ސައިޑް އިފެކްޓްސް، އޮޓޮއިމިއުން ޑިޒީޒް، އަދި ބޯންމެރޯ ގެ ހާލަތްތައް ހިމެނޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

އޮޓޮއިމިއުން ސައިޓޯޕެނިއާ ޖެހެނީ އެންޓިބޮޑީސް އިން ލޭގެ ސިއްހަތަށް ފައިދާހުރި ސެލްތަކަށް ހަމަލާދިނުމުން ލޭގެ ސެލްތައް ދަށްވުމުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ. ބޯންމެރޯގެ ސަބަބުން އުފެދޭ ރިފްރެކްޓްރީ ސައިޓޯޕެނިއާގެ ސަބަބުން ލިއުކީމިއާ ފަދަ ހާލަތްތަކާ ގުޅިގެން ސިއްހަތު ރަނގަޅު ސެލްތައް ނުއުފައްދާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އަމާޒަކީ މެޑިކަލް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން ދެމެހެއްޓުމަށާއި، އެދާއިރާއިން އަލަށް ކުރިއަރަމުން އަންނަ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމެވެ.

މި ސެޝަނުގައި 70 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއިރު، ޕީޑިއެޓްރިކްސް، ޕެތޮލޮޖީ އަދި އިންޓަރނަލް މެޑިސިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް