ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓުގެ ފަރާތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މީޑިއާނެޓު ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ފެބްރުއަރީ 15 އިން މާރޗު 21ގެ ނިޔަލަށެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ޕްރޮމޯޝަން އިތުރަށް ކުލަގަދަވާނެ ކަމަށް މީޑިއާނެތުން މައުލޫމާތުދެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ނަސީބުވެރި ކަސްޓަމަރުންނަށް އިނާމު ލިބޭއިރު މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒެއްވެސް ވަނީ ހިމަނާފައެވެ
މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މީޑިއާނެޓު ކަސްޓަމަރުންނަށް ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެންވެސް ކޮންމެ ހަފްތާއަކު ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެ ހަފްތާގެ އިނާމު ލިބިގެންދާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި:
ފުރަތަމަ ހަފްތާ: މިޑިއާ ބްރޭންޑުގެ ފްރަންޓް ލޯޑް އިންވާޓަރ ދޮންނަ މެޝިނެއް
ދެވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 338 ލީޓަރ އިންވާޓަރ ފްރިޖެއް
ތިންވަނަ ހަފްތާ: ޓީ ސީ އެލް ބްރޭންޑްގެ 55 އިންޗީގެ ޓީވީ އެއް
ހަތަރު ވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 8 ބައި ހިމެނޭ ޑިޝްވޮޝާރ އެއް
ފަސްވަނަ ހަފްތާ: 25 ލީޓަރުގެ އެއަރ ފްރަޔަރ އަވަނެއް
ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ އިތުރުން މީޑިއާނެތުގެ ހުރިހާ ޗެނަލެއް ލިބޭ ޕެކޭޖު "ވޯންޓް އިޓް އޯލް" ޕެކޭޖަށް ސަބްސްކްރައިން ނުވަތަ އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ޚާއްސަ ގްރޭންޑް ޕްރައިޒެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ.
ގްރޭންޑް ޕްރައިޒްގެ ގޮތުގައި ނަސީބުވެރި އެއްފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 2 މީހުންގެ ރިޒޯޓް ދަތުރެކެވެ. މި އިނާމުގެ ދަށުން ރިޒޯޓް ދަތުރު ހަމަޖައްސައިފައިވަނީ މަގްބޫލު ރިޒޯޓް ސިޔާމް ވޯރލްޑްގައެވެ. 5 ދުވަހުގެ މި ރިޒޯޓް ދަތުރުގެ ޓްރާސްފަރ، ކެއުން އަދި ވޯޓަރ ވިލާގައި ހުރުމުގެ އިންތިޒާމް މީޑިއާނެޓުންވަނީ ހަމަޖައްސާފައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މީޑިއާނެޓުން ރީ ބްރޯޑްކާސްޓްކުރާ ޗެނަލްތަކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރަމުންނެވެ. އެގޮތުން އައިސް ޓީވީގެ ފަރާތުން މުޅިން އައި ޝައުގުވެރި ބައިވަރު ޝޯވްތަކެއް މި ރަމަޝާންމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ.
"އެންމެނަށް މީޑިއާނެޓު" ޝިއާރުގެ ދަށުން މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ކުޅިވަރު އިވެންޓްތައް ދިވެހިންގެ ޓީވީ އަދި މޯބައިލް ސްކްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް