ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 3 ލައްކައާ ގާތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޑެއިލީ އަޕްޓޭޑްސް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަ...

15 Feb 2024 | 07:19

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 3 ލައްކައާ ގާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޑެއިލީ އަޕްޓޭޑްސް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 294,923 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅާ ބަލާއިރު %16.2 ގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި 192,385 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,888 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ރިޕޯޓުން ދައްކައެވެ.

މި މަހުގެ 11 ވަނަ ދުވަހަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހެވެ. ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދުވަހު ރާއްޖެއަށް 10,213 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ، ރަޝިއާ އަދި އިޓަލީ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް