ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިހާބު އަލުން ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތުކުރައްވަނީ ކުރީގެ ބަންޑާރަނައިބު ދިޔާސީ ސައީދެވެ.
ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދިނުންވެސް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާ މި މައްސަލައިގާ ބުނެފައިވަނީ 39 ހާސް މެންބަރުން އެ ޕާޓީން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި ހިލާފަށް ކަމަށެވެ.
އެ އިންތިހާބުގައި ދެ ރައީސުން ވާދަކޮށް ރައީސް ނަޝީދުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ރައީސް ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް