ޕާކިސްތާނުގެ ބަލޮޗިސްތާނު ސަރަހައްދުގައި ޗައިނާގެ ފަރާތްތަކުން ހަރަކާތްތެރިވާލެއް އިތުރުވުމާއި ގުޅިގެން ބަލޫޗް އެކްޓިވިސްޓުންނާއި ވެރިކަމާ ދެކޮޅު ރެޑިކަލްސް ޖަމައަތްތަކުގެ ބައިވެރިންގެ މިވަނީ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރަން ފަށާފައެވެ.
އިންޓަނޭޝަނަލް ފޯރަމް ފޯ ރައިޓް އެންޑް ސެކިއުރިޓީ (އިފްރާސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުން ކޯޑިނޭޓްކޮށްޓެރަރިސްޓް ހަމަލާތަކުގައި ދަނީ ބައިވެރިވަމުންނެވެ. އިފްރާސްއިން ބުނާގޮތުގައި ޕާކިސްޓާނުގެ މުއްސަދިންނާއި، ފަގީރުންގެ މެދުގައިވާ ފަރަގު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފަގީރުންގެ އަމިއްލަ ބިންތަކުގެ މައްޗަށްވެސް އެމީހުންގެ ބާރެއް ނެތެވެ.
އަދި ރައްޔިތުންނަށް އާމްދަނީ ލިބޭ ހުރިހާ މަޞްދަރުތަކެއް ގެއްލިއްޖެކަމަށާއި، ނިކަމެތި މަސްވެރިއަކަށް ގްވާދާރުގައި މަސްވެރިކަން ނުކުރެވެނީ އެ ސަރަހައްދު ޗައިނާ މީހުންގެ ކޮންޓްރޯލްގެ ދަށުގައިވާތީކަމަށެވެ. މިފަދަ ސަބަބުތަކާހުރެ ރައްޔިތުން އާމްދަނީ ހޯދާނީ ކިހިނެއްތޯއާއި، މިކަންކަމުގައި ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތްތޯ އިފްރާސްގެ ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ.
ޑޭޓާތަކަށް ބަލާއިރު، ބަލޫޗިސްތާނުގައި ރަން، ރިހި، އަދި ކޮޕާ މައިން ކުރާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ މެޓަލަޖިކަލް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްސީސީ) އަށް އެކަނި 2021 ވަނަ އަހަރު 75 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެ އެވެ.
ބަލޫޗިސްތާނު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދައްވެގެންގޮސް މި ސަރަހައްދުގައި އަމިއްލައަށް މީހުން މަރުވާ އަދަދު ވަނީ ނިސްބަތުނ މައްޗަށް ގޮސްފައެވެ. ޖުލައި 2022 ގައި އުދައެރުމުގެ ސަބަބުން އެ ސަރަހައްދުގައި އެކަނިވެސް 1.3 މިލިއަން މީހުން ގެދޮރުން ހަލަލުވެ، ވަނީ މަގުމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް