ފަލިޖަހައިގެން ރާއްޖޭގެ ކަނޑުތައް ހުރަސްކުރަން ޑެމިއަން ނިކުންނަ ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

އޮސްޓްރޭލިއާގެ ޑެމިއަން ރައިޑާ ބޯޑެއްގެ މަތީގައި ފަލި ޖަހައިގެން ރާއްޖޭގެ ކަނޑުތައް ހުރަސްކުރުމަށް ފަށާ ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިރޭ މިކަން ހާމަކުރަމުން އު...

15 Feb 2023 | 16:39

އޮސްޓްރޭލިއާގެ ޑެމިއަން ރައިޑާ ބޯޑެއްގެ މަތީގައި ފަލި ޖަހައިގެން ރާއްޖޭގެ ކަނޑުތައް ހުރަސްކުރުމަށް ފަށާ ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިރޭ މިކަން ހާމަކުރަމުން އުރީދޫ މޯލްޑިވްސް އިން ބުނެފައިވަނީ ޑެމިއަންގެ މި ދަތުރުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އަށް ލިބިގެންދިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ޑެމިއަން އަކީ ލިޔުންތެރިއެކެވެ. އަދި މޯޓިވޭޝަނަލް ސްޕީކަރެއްވެސް މެއެވެ. އަދި މީގެ އިތުރުން މިފަދަ އެޑްވެންޗަރތައް ކުރިންވެސް ކުރިއަށްގެންގޮސްފައިވާ ފަރާތެކެވެ.

"އަލްޓިމޭޓް މޯލްޑިވްސް ޕެޑަލް" ގެ ނަމުން ނަން ދީފައިވާ މި ދަތުރުގައި ރާއްޖޭގެ އަށް އަތޮޅު ގިރާކޮށް 480 ކިލޯ މީޓަރު ހަމަކުރާނެއެވެ.

https://www.instagram.com/p/Cnx9gfYvLt9/?utm_source=ig_embed&ig_rid=fd1728be-21dd-432f-a3c8-c76c9077d2f5

ޑެމިއަން ބުނެފައިވާގޮތުގައި އޭނާގެ އަމާޒަކީ އަށް ދުވަހުގެ ތެރޭގައި އަށް އަތޮޅު ހުރަސްކުރުމެވެ. މި ދަތުރުގައި އޭނާ ބޭނުންކުރާނީ ކޮޅަށް ހުރެ ފަލިޖަހާލެވޭ ސްޓާބޯޑް 14، އަދި ޓުއަރިން ބޯޑާއި ޕްރީ-ޕްރެގް ލީމާ ޕެޑަލެވެ.

ޑެމިއަންގެ މި ދަތުރު ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ގެނެސްދިނުމަށް ހަމަޖެހިފައިވާކަން ހާޟަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް