އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ވަރަށް އުންމީދީ ފޯނު ކޯލެއްކޮށްފައެވެ. މި ކޯލުގެ ތެރެއިން މޯދީ ވަނީ އެއާ އިންޑިއާ އާއި ބޮއިންގް އާއި ދެމެދު ވެވުނު މުހިންމު އެއްބަސްވުމަކީ "ދެގައުމަށް ފައިދާހުރި އެއްބާރުލުމުގެ ވިދާ މިސާލެއް" ކަމަށް ވިދާޅުވެފައެވެ. އަދި މި ޑީލަށް ދެ ލީޑަރުންވެސް ވަނީ މަރުހަބާ ކިޔާފައެވެ. އަދި އިންޑިއާގައި ސިވިލް އޭވިއޭޝަން ދާއިރާ ފުޅާކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޕީއެމް މޯދީ ވަނީ ބޮއިންގްގެ އިތުރުން އެމެރިކާގެ އެހެން ކުންފުނިތަކަށް ދައުވަތު ދެއްވާފައެވެ.
މި ފޯން ކޯލްގެ ތެރެއިން އިންޑިއާ-އެމެރިކާގެ ގުޅުން ބަދަހިވަމުންދާތީ އެކަމާމެދު ދެ ލީޑަރުން ވަނީ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައިވާ ކޮމްޕްރެހެންސިވް ގްލޯބަލް ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ސަބަބުން ހުރިހާ ދާއިރާއަކުން ވެސް ވަރުގަދަ ކުރިއެރުމެއް ލިބެމުންދާތީ މިކަމާ ދެ ލީޑަރުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
މި ފޯންކޯލާ ބެހޭ ގޮތުން އިންޑިއާގެ ބޮދުވަޒީރު ނެރުއްވި ބަޔާނެގައި ބުނެފައިވަނީ ޖައްވީ ދާއިރާއާއި ސެމީ ކޮންޑަކްޓަރާއި ސަޕްލައި ޗޭން އަދި ޑިފެންސް ކޯ ޕްރޮޑަކްޝަންގެ ދާއިރާއިން ދެގައުމުގެ އެއްބާރުލުން ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
މީގެއިތުރުން ދެ ޤައުމުގެ ދޭދޭ ގުޅުން ހަރުދަނާކޮށް، ދެ ޤައުމަށް ފައިދާވާ ފަދައިން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. އަދި އިންޑިއާގެ ޖީ20 ގެ ރިޔާސީ ދައުރުގެ ކާމިޔާބީ ކަށަވަރު ކުރުމުގެ ގޮތުން ގުޅުން ދެމެހެއްޓުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި އެވެ.
މީގެ ކުރިން ބައިޑެން ވަނީ ބޮއިންގް އާއި އެއާ އިންޑިއާއާ ދެމެދު އެއްބަސްވުމެއް ހަދާފައިވާކަން އިއުލާންކޮށްފަ އެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބައިޑަން ވިދާޅުވީ މި އެއްބަސްވުމަކީ އެމެރިކާއާއި އިންޑިއާގެ އިގްތިސާދީ ޕާޓްނަޝިޕްގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް