ކޯލިޝަން ހަދަން މަޝްވަރާ ކުރުމުގެ ބާރު ރައީސަށް ދެނީ

ރިޔާސީ އިންތިހާބުގައި ކޯލިޝަނާއި އެކު ކުރިޔަށް ދިއުމާއި މެދު ގޮތެއް ނިންމުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާއި މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން...

15 Feb 2023 | 12:06

ރިޔާސީ އިންތިހާބުގައި ކޯލިޝަނާއި އެކު ކުރިޔަށް ދިއުމާއި މެދު ގޮތެއް ނިންމުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާއި މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ. އެމަނިކުފާނަށް ރަސްމީކޮށް ރިޔާސީ ޓިކެޓު އަރުވާނީ ހުކުރު ދުވަހުގެ ރޭ އޮންނަ ޖަލްސާއެއްގައި އެވެ.

މިކަމާއި މެދު ގޮތެއް ނިންމުމަށް ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. މި ބައްދަލުވުމުގައި އެޖެންޑާކޮށްފައި އޮތީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު، އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.

މިހާރުވެސް އެމްޑީޕީން ވެރިކަން ކުރަނީ ކޯލިޝަނެއްގެ ތެރެއިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ކެމްޕެއިން ކުރެއްވި އިރު ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައިވެސް އެ ޕާޓީއަށް ކޯލިޝަނަކާއި ނުލައި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް