އަޖޭ ދޭވްގަންގެ ދަރިފުޅު ނިސާ ދޭވްގަން އަބަދު ޕާޓީކޮށް މަސްތުގެ ހާލަތުގައި ހުންނާނީ ވަރަށް ބޮޑަށް މީހުން މަލާމާތް ކޮށް ފާޑުކިޔަން ފަށައިފި އެވެ.
ނިސާ އާންމުންގެ ތެރެއަށް ނުކުންނަން ފެށީ އޭނާ ބޮލީވުޑަށް ނުކުންނަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރެން ފެށިފަހުންނެވެ. އޭގެ ކުރިން ނިސާ އުޅެމުންދިޔައީ ވަރަށް ސިއްރު ދިރިއުޅުމެކެވެ. އޭނާ ފަހަތުން އޭރު ޕަޕަރާޒީން ދިޔަޔަސް އެކަމާއި އެއްޗެހި ކިޔާ މިނިވަންކަން ނޯންނަކަމަށް ބުނެ އެމީހުންނަށް ރުޅިބާލަ އެވެ.
އެކަމަކު މިހާރު އޭނާގެ ދިރިއުޅުމުގައި ވާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުގެ އިތުރުން ރޭގަނޑު އެކުވެރިންނާއި އެކު ބޭރަށް ގޮސް މަޖާ ކުރަން އުޅެނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެވެ. އެހެންވެ އޭނާ ފަހަތުން ޕަޕަރާޒީން ނޫޅޭ އިރެއް ނުދެ އެވެ.
މިހާރު ޕާޓީތަކަށް ގޮސް ނިންމާފައި ނުކުމެ ފޮޓޯއަށް ހުއްޓި ހަދާއިރު އެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުމުން އެންމެ ގިނަ ބަޔަކު ބުނަމުން ދަނީ ނިސާއަކީ ކޮންމެ ރެއަކު ޕާޓީކޮށް މަސްތުވާ މީހެއް ކަމަށެވެ. އަދި ކުރު، ނިވާކަން ކުޑަ ހެދުމެއް ނޫނީ ނުލެވޭ ކަމަށް ބުނެ މަލާމާތް ކުރެ އެވެ.
އެންމެ ފަހުން އޭނާ ޕާޓީ ކުރުމަށް ފަހު ތަނަކަށް ގޮސް ކާރުން ފޭބި ގަނޑީގައި ޕަޕަރާޒީން ނެގި ވީޑިއޯއަކަށް ފާޑުކީ ގިނަ މީހުން ބުނީ މަސްތުގެ ހާލަތުގައި ހުރިކަން އޭނާގެ ލޮލުންވެސް އެނގޭ ކަމަށެވެ. އެފަދަ މީހުންނަށް މީޑިއާގެ ސަމާލުކަން ދޭން ނުޖެހޭ ކަމަށާއި ނިސާ އަކީ އަޖޭ އާއި ކާޖޮލްގެ ދަރިއަކަށް ވުން ނޫން ކަމެއް މިހާތަނަށް އޭނާގެ ފަރާތުން ފެނިގެން ގޮސްފައި ނުވާ ކަމަށެވެ.
މީގެ ކުރިންވެސް ނިސާއަށް އަމާޒުކޮށސް މިފަދަ ފާޑުކިޔުންތައް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާއި ގުޅިގެން އަޖޭ ބުނެފައިވަނީ ނިސާ އަކީ ކުޑަ ކުއްޖެއް ނޫން ކަމަށާއި އާންމު ތަންތަނުގައި އުޅެންވާ ގޮތާއި ނޫޅެންވާ ގޮތް އޭނާއަށް އެނގޭނެ ކަމަށެވެ.
އަދި ގަބޫލު ކުރަނީ އާއިލާގެ އަގު ވެއްޓޭފަދަ ގޮތަކަށް ނިސާ ނޫޅޭނެ ކަމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް