މާރިޗް 11 ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މޯލްޑިވްސް ހާފް މެރަތަންގެ އެމްބެސަޑެއްގެ ގޮތުގައި ބޮލީވުޑް ބަތޮލު އަދި ދުވުންތެރިޔާ މިލިންދު ސޯމަން ހަމަޖައްސައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ހާފް މެރަތަން ރޭސަސްގެ ރޭސް ޑިރެކްޓަރ ހުސެއިން ޝުޖާއު ވިދާޅުވީ އެމްބެސެޑަރެއްގެ ގޮތުގައި މިލިންދު ސޯމަންގެ އިތުރުން މިލިންދު ސޯމަންގެ އަންހެނުން އަދި ދުވުންތެރިޔާ އަންކީތާ ކޮންވަރް ވެސް ބައިވެރިވާނެ ކަމަށެވެ. އަދި ރޭހުގައި ބައިވެރިވާނެ ކަމަށެވެ.
މީގެ އިތުރުން ރޭހަށް އިތުރު އެމްބެސެޑަރުންވެސް އިއުލާނުކުރެވިގެންދާނެކަމުގައިވެސް ޝުޖާއު ވިދާޅުވިއެވެ.
ތަފާތު ގިނަ ރޭސްތަކެއް ހިމެނޭ މޯލްޑިވްސް ހާފް މެރަތަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހުގައެވެ.
މި އިވެންޓްގެ ތެރޭގައި މި އަހަރު ދުވުމުގެ އިތުރުން އިންލޭން ސްކޭޓިން އާއި ވީލް ޗެއާ ރޭސިންވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
އެގޮތުން ދުވުމުގެ ރޭސްތަކުގެ ތެރޭގައި ބޮޑެތި މީހުންނަށް ހާފް މެރަތަން (21 ކިލޯމީޓަރ)، 15 ކިލޯ މީޓަރ (15ކޭ) 10 ކިލޯމީޓަރ (10ކޭ) އަދި 5 ކިލޯމީޓަރ (5ކޭ) ކުރިއަށްދާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް 3.2 ކިލޯ މީޓަރ 1.6 ކިލޯ މީޓަރ އަދި 800 މީޓަރ ރޭސް ކުރިއަށްދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް