ހަރުކަށި މީހުންނަށް ހާއްސަ ވިންގްގެ މަސައްކަތް ޖުލައިގައި ނިމޭނެ: އިމްރާން

ހަރުކަށި ފިކުރުގެ ކުށްވެރިން ބަންދު ކުރުމަށް ހާއްސަކޮށް މާފުށީ ޖަލުގައި ހަދަމުންދާ ވިންގް ގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މި...

15 Feb 2023 | 08:49

ހަރުކަށި ފިކުރުގެ ކުށްވެރިން ބަންދު ކުރުމަށް ހާއްސަކޮށް މާފުށީ ޖަލުގައި ހަދަމުންދާ ވިންގް ގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ޖަލުގައި ހަރުކަށި ފިކުރުގެ ގައިދީން އެސެސް ކުރާނެ ވަސީލަތްތައް ގާއިމްކޮށް، އެހެން ގައިދީންނާ ވަކިން ބައިތިއްބަމުން އަންނަ ކަމަށެވެ.

އެމީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ޖަލުތަކުގައި ބައިނަލްއަގުވާމީ އެހީތެރިކަމާއި ރާއްޖޭގެ އެންޖީއޯތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިމްރާން ވިދާޅުވީ ހަރުކަށި މީހުންގެ ސަބަބުން މުޅި ޖަލުގެ ނިޒާމާ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސީދާ އެފަދަ ފަރާތްތައް ބައިތިއްބަން ހަދަމުންދާ ވިންގުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދާ ކަމަށާއި މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހު މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.

އެތަން ވެގެންދާނީ ރާއްޖޭގެ މާލީ ގާބިލްކަން ހުރި ވަރަކުން އެފަދަ ފަރާތްތައް ގެންގުޅެވޭނެ އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް ކަމަށް ވިދާޅުވި އެވެ.

ޖަލުގައި ހަދަމުންދާ ވިންގު ހަދަނީ35 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް