ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތުގެ 200 ޕަސެންޓު ނިމިފައިވ...

15 Feb 2023 | 07:49

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތުގެ 200 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ 27 އިންސައްތަ ފުރިހަމަ ކުރެވިފަ ކަމަށް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އަޅާނެ އެވެ. 220 މީޓަރު ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަސް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް