ހުޅުމާލޭގައި އެޅި ސަރުކާރު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ އިމާރާތަށް ނަން ދީފައިވަނީ މަރުހޫމް އުމަރު ޒާހިރުގެ ހަނދާނުގައި އެވެ. އެ އިމާރާތަށް ކިޔަނީ އުމަރު ޒާހިރު ހަނދާނީ ބިލްޑިންގް އެވެ.
މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ހުޅުމާލޭގައި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް ނިންމީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔަށް ނަގައިގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ.
މި އިމާރާތް ހެދީ ޗައިނާގެ ހުނާން އިންޖީނިއަރިން ކުންފުނިންނެވެ.
މި އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.
އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް