ނުހައްގު މުއްސަނދިކަން ހޯދާފައިވާކަަމށް ތުހުމަތު ކުރެވޭ ބައެއްގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުން ކުރިޔަށް ގެންދާ ތަހުގީގެއްގެ ތެރެއިން ބަޔަކު ނުހައްގު މުއްސަނދިކަން ހޯދާފައިވާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ މާ ފުނަށް ނުދެވޭ ކަމަށާއި ތަހުގީގު އޮތީ އަދި ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށެވެ.
އިމްރާން ވިދާޅުވީ އެ މައްސަލައިގެ ތެރެއިން އެ ފަރާތްތަކުގެ މުއްސަނދިކަމާއި ގުޅުންހުރި މުހިއްމު ކަންތައްތަކެއް ބަލަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތައް ބަލައި އޭގެ ބައެއް ފަރާތްތަކަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ލަސްތަކެއް ނުވެ ފޮނުވޭނެ ކަމަށެވެ.
މި ފަދަ މައްސަލަތައް ބަލަން ފަސޭހަވީ ރައްޔިތުންގެ މަޖިލީހުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ފާސްކޮށްފައިވާ ގާނޫނުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް