ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބަޔާން މިޔުނިކާއި ޕީއެސްޖީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ކުޅުނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އެއީ ދުނިޔޭގެ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.
މި މެޗު ކުޅެން ޖެހުމުން އެންމެ ބޮޑަށް ކަންބޮޑުވި އެއް ކުޅުންތެރިއަކީ ބަޔާންއަށް ކުޅެމުންއަންނަ ފޯވާޑް ޖަރުމަނުގެ ތޯމަސް މުލާއެވެ. މުލާ ވަނީ ލޯބިވެރިންގެ ދުވަހުގައި މި މެޗު ކުޅެން ޖެހުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ލޯބިވެރިންގެ ދުވަހު މި މެޗު ކުޅެން ޖެހުމުން މުލާ ބުނެފައިވަނީ މިފަދަ ދުވަހަކު މިފަދަ މެޗެއް ކުޅެން ޖެހުމަކީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށާއި މިކަހަލަ މުހިންމު ދުވަހެއްގައި ފުޓްބޯޅަ މެޗެއް ކުޅެން ހަމަޖެއްސުމުން ބަލައިގަންނަން އުނަދަގޫ ކަމަށެވެ.
މުލާ ބުނީ ލޯބިވެރިންގެ ދުވަހަކީ އަބަދުވެސް އެނާގެ އަންހެނުންނާއި އެކު އެދުވަސް ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ދުވަހެއް ކަމަށާއި ނަމަވެސް މިގޮތަށް މިކަންތައް ދިމާވުމުން ރޭވި ހުރިހާ ކަމެއް ވެސް ކެންސަލް ކުރަން ޖެހުނުކަމަށެވެ. އަދި ލޯބިވެރިންގެ ދުވަސް ފާހަގަ ނުކޮށް މެޗު ކުޅެން ދިއުމުން އެނާގެ އަނބިމީހާ ވެސް ވަރަށް ބޮޑަށް ރުޅިގަދަވެފައި ހުރިކަމަށް މުލާ ވަނި ބުނެފައެވެ.
" މިއީ ލޯބިވެރިންގެ ދުވަސް. މިދުވަސް އަހަރެން އަބަދުވެސް އަންހެނުންނާއި އެކު ފާހަގަ ކުރަން. ނަމަވެސް މި އަހަރުގެ މި ދުވަސް މިވީ ބޭކާރު. ފުޓްބޯޅަ މެޗެއް ކުޅެން ޖެހުމުން އެންމެ ފަހުން ރޭވި ހުރިހާކަމެއް ވެސް މިވީ ބޭކާރު. އެކަމަކާއި ހުރެ އަންހެނުންވެސް ހުރީ ރުޅިގަދަވެފަ." މުލާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް