މީގެ ހަތް އަހަރު ކުރިން ހަރަމްފުޅުގެ ތެރެއަށް ކްރޭނެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއާއި ގުޅޭ މައްސަލައިގާ ކޯޓުން ހުކުމް އިއްވައިފިއެވެ.
އެގޮތުން އެ ކްރޭން ނިސްބަތްވާ، ސައޫދީގެ ބިންލާދިން ގްރޫޕް 20 މިލިޔަން ސައޫދީ ރިޔާލުން ޖޫރިމަނާކޮށްފައިވާއިރު ހަތް މީހެއްގެ މައްޗަށް ވަކި ވަކި ހުކުމްތަކެއް އިއްވާފައިވެއެވެ. ތިން މީހަކަށް ހަ މަހުގެ ޖަލު ހުކުމަކާއެކު 30 ހާސް ސައޫދީ ރިޔާލުން ޖޫރިމަނާކޮށްފައިވާއިރު ހަތަރު މީހަކަށް ތިން މަހުގެ ޖަލު ހުކުމާއެކު 15 ހާސް ސައުދީ ރިޔާލުން ޖޫރިމަނާގެ ހުކުމެއް ކޮށްފައިވެއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހިނގި ހިތާމަވެރި އެ ހާދިސާގައި 108 މީހަކު މަރުވެ 238 މީހަކު ޒަޚަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް