ސިޔާސީ މަސްރަހުގައި އިދިކޮޅުން ދައްކަނީ އިންޑިއާ އައުޓް ކުރުމުގެ ވާހަކައެވެ. ސަރުކާރުން ދައްކަނީ ރާއްޖެ އިންޑިއާއަށް ބަރޯސާ ވެފައިވާ މިންވަރުގެ ވާހަކައެވެ.
މި ވާހަކަތަކުގެ ދެމެދަށް މިރޭ މި އައީ ފޯކުގެ ވާހަކައެވެ.
ވިޔަފާރިވެރިޔާ އަހްމަދު އާރިފް (ލޮޓަސް އާއްޓޭ) އޭނާގެ ޓްވިޓާ އެކައުންޓްގައި މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑޯ ފޯކުގެ ކޮލިޓީ މޮޅުވެފައި އަގުވެސް ހެޔޮ ކަމަށެވެ.
"ކުރިއަށް އޮތްތާނގައި ރާއްޖޭގެ ފޯކުގެ މާރކެޓްގަ އަވަށްޓެރި ގައުމުތަކުގެ ފޯކަށް ޖާގަ ނުލިބުން އެކަށީގެންވޭ" އާއްޓޭގެ ޓްވީޓްގައި ބުނެފައިވެއެވެ.
https://twitter.com/Arttey/status/1493596140801073152
އާއްޓޭގެ މި ޓްވީޓަށް ބާރުދެމުން ފޭންސް އޮފް ޖައުސާ ޖައުފަރް (ޓީމް ޖޭޖޭ މޯލްޑިވްސް) އިން އިންޑޯ ރާއްޖޭ ވިޔަފާރީގެ އިސްތިހާރު ވީޑިއޯއަކާއެކު ބުނެފައިވަނީ ދިވެހިން ބަލައިގަންނަ ފެންވަރަށް ތަައްޔާރުކޮށްގެން އިންޑޮނޭޝިޔާއިން ރާއްޖެއަށް ފޯއް އިމްޕޯޓް ކުރެވިގެންދާނެކަމަށެވެ.
"މި މަސައްކަތުގަ ލޮޓަސް ފިހާރައިން އިންޑޯ ރާއްޖެއަށް ކުރައްވާ އިތުބާރާއި ދެއްވާ ސަޕޯޓަށް ފަށްފަށުން ޝުކުރު ދަންނަވަން" ޓީމް ޖޭޖޭގެ ޓްވީޓްގައި ބުނެފައިވެއެވެ.
https://twitter.com/Team_JJ_Maldive/status/1493618988928344064
ކަސްޓަމްސްގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު ރާއްޖެއަށް ފޯއް އެންމެ ގިނައިން އެތެރެކުރަމުން އަންނަނީ އަވައްޓެރި އިންޑިއާއިންނެވެ. މިހާރުވެސް ދެވަނައަށް އެންމެ ގިނައިން ފޯއް އެތެރެކުރަނީ އިންޑޮނޭޝިޔާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް