ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން "“ފިނިފިނި ހިޓާޗީ” އޭސީ ޕްރޮމޯޝަން" ފަށައިފިއެވެ.
މިއަދު ފެށި މި ޕްރޮމޯޝަނަކީ އޭސީއަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެބޮޑު ޕްރޮމޯޝަނެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ރީޖަނަލް ފިހާރަތަކުގައި މި ޕްރޮމޯޝަން ފަށާނީ އަންނަ މަހުއެވެ.
މިފަހަރުގެ ޕްރޮމޯޝަންގައި 9،000 ބީޓީޔޫގެ އޭސީ އާއި 12،000 ބީޓޫޔޫގެ އޭސީތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ އިރު، ޕްރޮމޯޝަންގެ ތެރެއިން ގަންނަ ކޮންމެ އޭސީއަކަށް ވައުޗަރއެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ 10 މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.
ހިޓާޗީއަކީ މިވަގުތު ރާއްޖޭގައި އެންމެ ދިގުމުއްދަތެއްގެ ވޮރެންޓީއެއް ދޭ ބްރޭންޑެވެ. އެސްޓީއޯއަކީ ޕިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯން ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް