ޔޫރަޕުގެ ކުލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭނެއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މި ބުރުގެ ފުރަތަމަ ލެގުގެ ދެ މެޗެއް މިރޭ ކުޅޭނެއެވެ. އެއީ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގެ އިތުރުން އިނގިރޭސި ވިލާތުގެެ މެންޗެސްޓާ ސިޓީ އާއި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ބައްދަލުކުރާ މެޗެވެ.
މިރޭ ކުޅެން ހަމަޖެހިފައިވާ ދެ މެޗުވެސް ކުޅޭނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 1:00 ގައެވެ.
ޕީއެސްޖީ އަދި ރެއާލް ބައްދަލުކުރާ މެޗު ކުޅޭނީ ފްރާންސްގެ ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައެވެ.
މެންޗެސްޓާ ސިޓީ އާއި ސްޕޯޓިން ލިސްބަން ބައްދަލުކުރާ މެޗު ކުޅޭނީ ޕޯޗުގަލްގެ އެސްޓޭޑިއޯ ޖޯސް އަލްވަލަޑޭ ސްޓޭޑިއަމްގައެވެ.
މިރޭގެ މެޗުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ބަލާހިއްވާ އެންމެ ފޯރިގަދަވާނެ ކަމަށް ވެލެވެނީ ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރާ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް