އޮސްޓްރޭލިއާގެ ރެސްޓޯރެންޓުތަކުގައި މޮބައިލް ފޯނު ގެންގުޅުން މަނާކޮށް ޑިސްކައުންޓު ދެނީ

މޮބައިލް ފޯނަކީ އެއާއިނުލާ ދިރިނޫޅެވޭ އެއްޗެކެވެ. ކޮންމެ ވަގުތަކު ވެސް އަތުގައި މޮބައިލް ފޯނު އޮންނަން ޖެހޭނެއެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހަކު ކުރަމުންދާ ކަމެއް ނުވަތަ އެމީހެއްގެ ހާލަތު އެހ...

15 Feb 2022 | 12:16

މޮބައިލް ފޯނަކީ އެއާއިނުލާ ދިރިނޫޅެވޭ އެއްޗެކެވެ. ކޮންމެ ވަގުތަކު ވެސް އަތުގައި މޮބައިލް ފޯނު އޮންނަން ޖެހޭނެއެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހަކު ކުރަމުންދާ ކަމެއް ނުވަތަ އެމީހެއްގެ ހާލަތު އެހެންމީހުންނަށް ވީއެންމެ އަވަހަކަށް އަންގައިދިނުމަށެވެ.

އެހެންކަމުން ޢާއިލާ ނުވަތަ ރައްޓެހި ރަހުމަތްތެރިންނާއެކު ހޭދަކުރާ ވަގުތުތަކުގައި ވެސް ގިނަ ވަގުތު ހޭދަވާނީ މޮބައިލް ފޯނުގައެވެ. ސްޓޭޓަސް އަޕްޑޭޓް ކުރުމަށެވެ. ނޫނީ ފޮޓޯތައް އަޕްލޯޑު ކުރުމަށެވެ.

އެގޮތަށް ކަންކަން ދިމާވާތީ، އޮސްޓްރޭލިއާގެ ރެސްޓޯރެންޓުތަކުން މިވަނީ އެކަމަށް ހައްލެއް ގެނައުމަަށް މަސައްކަތް ފަށާފައެވެ. އެގޮތުން ބައެއް ރެސްޓޯރެންޓުތަކުގައި މޮބައިލް ފޯނު ބޭނުން ނުކުރާ މީހުންނަށް އެކިވަރުގެ ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައެވެ.

އޮސްޓްރޭލިއާގެ ރެސްޓޯރެންޓުތަކުން ބުނީ، އެގޮތަށް ކަންތައް ކުރަންޖެހުނީ ކޮންމެހެން އެތަނުން ޚިދުމަތް ހޯދާ މީހުން ގިނަ ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި ބޭނުންވަނީ އެ ރެސްޓޯރެންޓުތަކުގައި ހޭދަކުރާ ވަގުތަކީ ބޭނުންތެރި، އުފެއްދުންތެރި އަދި އުފާވެރި ވަގުތެއް ކަމުގައި ހަދައިދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް