ޓޫރިޒަމްގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޖޯޖު ކޯބިން ރާއްޖެ އަތުވެއްޖެ އެވެ.
ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގައި އަސްލު ކަމުގައިވާ ކޯބިން ރާއްޖެ ވަޑައިގެނަފައިވަނީ މާދަމާ އޮންނަ ހާއްސަ ބައްދުލުވުމެއްގައި ބައިވެރިވުމަށްށެވެ. މި ހާއްސަ ބައްދަލުވުމަކީ ރާއްޖޭގެ ޓޫރިޒަމަށް50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާއެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޯބިންއަށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން މިހާރުގެ ހެލްތް މިނިސްޓަރު އަދި ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.
22 ފެބްރުއަރީ 1972 ވަނަ އަހަރު ރާއްޖެއަށް ޓުއަރިޒަމް ތައާރަފްވި އިރި ކޯބިން ވަނީ ރާއްޖެ އައި ފުރަތަމަ ޓޫރިސްޓް ގްރޫޕާއެކު ރާއްޖެ އައިސްފައެވެ. ކޯބިން އާއި ޓޫރިސްޓުންގެ ގްރޫޕުން ރާއްޖޭގައި ތިބީ ވިހަމަނާފުށި އަދި މިހާރުގެ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް