ޔޫކްރެއިން-ރަޝިއާގެ ހަނގުރާމައާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ: ނަޝީދު

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހަނގުރާމަ ފަށައިފި ނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަދާޅުވެއްޖެއެވެ. ރަޝިއާ އާއި ޔޫކުރެ...

15 Feb 2022 | 09:55

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހަނގުރާމަ ފަށައިފި ނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަދާޅުވެއްޖެއެވެ.

ރަޝިއާ އާއި ޔޫކުރެއިންނާއި ދެމެދު އަންނަނީ ބޮޑަތި ހަމަނުޖެހުން ތެކެއް ހިނގަމުންނވެ. މިކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރޭންގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ރަޝިޔާ އާއި ޔޫކްރޭން އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ދެ ގައުމު ކަމަށެވެ.

މިގޮތުން ދެގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަން ފަށައިފި ކަމުގައިވާނަމަ މީގެ ކުރިން ދިވެހި ސަރުކާރުން އަންދާޒާ ނުކުރާ ބޮޑެތި ގެއްލުންތަކެއް ފަތުރުވެރިކަމުގެ ސިނާޔަތައް ވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެދާނެ ގެއްލުމަކަށް ސަރުކާރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޔޫކްރޭނަށް ހަމަލާއެއް އަމާޒުވެއްޖެނަމަ އެމެރިކާ އާއި ނޭޓޯގެ ބައެއް ގައުމުތަކުން ޔޫކްރޭން ދިފާއު ކުރަން ރަޝިއާ އަށް ހަމަލާ ދިނުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެފަދަ ހާލަތެއްގައި ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކަރުން އަންނަނީ ބުނަމުންނެވެ.

ރަޝިޔާއާއި ޔޫކްރޭންގެ މަސްރަހު ގޯސްވެފައިވާއިރު އެ މަސްރަހު ފިނިކުރެވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރާ އެމެރިކާއިން  ވަނީ އެމެރިކާއިން ޔޫކްރޭނުގައި ގާއިމްކޮށްފައިވާ އެމްބަސީވެސް ބަންދުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާގެ ފައުޖުތައް ޔޫކްރޭން ވަށާލާފައިވާއިރު ފައުޖުގައި ހިމެނޭ ސިފައިންގެ އަދަދު އުޅެނީ ލައްކައިން މަތީގައެވެ. ހާހުން ގުނާލެވޭ އަދަދަށް ޓޭންކަރާއި ހަތިޔާރާއެކު އެ ފައުޖުތައް ތައްޔާރަށް ތިބީ މަތިން އަންނާނެ އޯޑަރަކަށް ބަލަ ބަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް