އިސްލާމިކް މިނިސްޓްރީއަށް ޕާމަނަންޓު ސެކްރެޓަރީ އަކު އައްޔަން ކޮށްފި އެވެ.
އެ މަގާމަށް އައްޔަން ކޮށްފައިވަނީ އަހުމަދު އަދީލް އެވެ. އަދީލް އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ލީޑިން ޓީޗަރެއްގެ މަގާމާއި ޕްރިންސިޕަލެއްގެ މަގާމު އަދާކުރައްވާފަ އެވެ.
އަދީލް މަގާމަށް އައްޔަން ކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ހޫނު މަރުހަބާއެއް އޭނާއަށް ކިޔާފަ އެވެ. މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އޭނާ އާއި ވަކިން ބައްދަލު ކުރައްވާ މަރުހަބާ ކިޔާފަ އެވެ. އަދި އަދީލް ވަނީ މިނިސްޓްރީގެ އެކި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓަރީއެއް އައްޔަން ކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަބީބު އިސްމާއިލް އެ މަގާމުން ވަކި ކުރުމަށް ފަހު އެވެ. އޭނާ ވަކި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅު އެވެ.
އޭނާ ވަކި ކުރީ ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި މުވައްޒަފުންނާއި މުއާމަލާތް ކުރުމުގައި ގެންގުޅޭ މިންގަނޑު ރަނގަޅު ނޫން ކަމުން ސަސްޕެންޑުކޮށްފައި ހުންނަތާ މަސްތަކެއް ވީފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް