ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގ...

15 Feb 2022 | 08:52

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ މިއަދު ކަމަށެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސްގެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް