ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ހޯދަމުން ދަނީ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުދާ މައްސަލައެއްގައި ހދ. ނޮޅިވަރަން އަހުމަދު ޝަހުބާން ކިޔާ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މީނާއަކީ އެ ސްޓޭޝަނުން ތަހުގީގުކުރާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ ޗިޓު ހަވާލުކުރެވިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
އުޅޭ ތަނެއް ނޭނގޭތީ ޗިޓް ހަވާލު ނުކުރެވި ފުލުސް އޮފީހަށް ހާޒިރު ނުކުރެވިގެން އުޅޭ މި މީހާގެ މައްޗަށް ތުހުމަތުކުރާ ބްލެކްމެއިލް މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މައްސަލައިގެ ތަހުގީގަށް، އަންނަ ހޯމަ ދުވަހު ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވާން އަހްމަދު ޝަހުބާނަށް ފުލުހުންގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް