ބޮލީވުޑްގެ ތަރިން ކަމަށްވާ އަލީ ފަޒާލް އާއި ރިޗާ ޗަދާގެ ކައިވެނި ކުރާ ދުވަހެއް ނޭނގޭ ކަމަށް ފަޒާލް ބުނެފި އެވެ.
މީގެ އަހަރުތަކެއް ކުރިން ލޯބީގެ ގޮތުން ގުޅުނު މި ދެ ތަރިން ކައިވެނި ކުރަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ކައިވެނި ލަސް ކުރަން ޖެހުނީ ކޯވިޑް-19 ގެ ލޮކްޑައުންނާއި ގުޅިގެންނެވެ.
މިފަހުން އަނެއްކާވެސް ވަނީ އަންނަ މަހު މި ދެމީހުންގެ ކައިވެނި ކުރަން އުޅޭ އަޑުތަކެއް އަރާފަ އެވެ. މިކަމާއި ގުޅޭގޮތުން މި ހަފްތާގައި ސުވާލު ކުރުން ފަޒާލް ދެއްކީ ތަފާތު ވާހަކަ އެކެވެ.
ފަޒާލް ބުނީ އޭނާއަށް ހީވާގޮތުގައި އެ ދެމީހުންގެ ކައިވެނި ކުރެވެނީ މީޑިއާއާ ހެން ކަމަށެވެ. އޭނާ ބުނީ ކައިވެންޏާއި ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި ވަގުތު ޖެހުމުން ކައިވެނީގެ ވާހަކަ އިއުލާނު ކުރާނެ ކަމަށެވެ.
މިވަގުތު އިސްކަން ދެމުންދަނީ ދެމީހުންގެ މަސައްކަތްތަކަށް ކަމަށް ބުންޏެވެ. މި ދެމީހުން ލީޑްރޯލުން ފެނިގެންދާ ފިލްމެއް ދެމީހުން އެކުވެގެން އުފައްދާފައިވާ ފިލްމު ކުންފުންޏަކުން ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ދެމީހުންގެ ކުރިޔަށް އޮތް ފިލްމަށްވެސް ދަނީ ތައްޔާޜުވަމުންނެވެ. އެއީ ފިލްމު "ފުކްރޭ 3" އެވެ. މީގެ ކުރިން މި ދެ ތަރިން އެކުގައި ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ފުކްރޭ"، "ފުކްރޭ ރިޓާން" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް