ޓިކްޓޮކް ތަރި ނަދީގެ ފުރަތަމަ އިސްތިހާރު އިއްޔެ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި އިސްތިހާރަކީ ނައިފަރު ލޫލޭ ފިހާރައިގެ އިސްތިހާރެކެވެ.
އިސްތިހާރު ފެށޭތަނުން ނަދީ ކުރަނީ ސުވާލުތަކެކެވެ.
ނަދީ ކުރާ ސުވާލުތައް:-
ދޫނިތަކަށް ކާންދޭނޭ، ރަނގަޅު ދޫނި ކާނާކޮޅެއްވެސް ނުލިބުނު ދޯ ؟
ލޯބިވެރިޔާއަށް ދޭނޭ ރަނގަޅު މަލެއްވެސް ނުލިބުނު ދޯ ؟
ނުލިބުނު ދޯ ރަނގަޅު ގަސްކާނާ ކޮޅެއްވެސް ؟
އެއަށްފަހު ނަދީ ބުނަނީ މި ހުރިހާކަމެއްގެ ހައްލު ނަދީއަށް އެނގޭ ކަމަށެވެ. އަދި ނަދީއާއެކު އައުމަށް އިޝާރާތް ކުރުމަށްފަހު ފަރި ހިނގުމެއްގައި ހިނގަމުން ދާ މަންޒަރު ދައްކުވައިދެއެވެ.
"އާދޭ ނަދީއާއެކު" އަތުގެ އިޝާރާތުން ދެ ފަހަރަކު އައުމަށް އިޝާރާތް ކުރަމުން ނަދީ ބުނެއެވެ.
އެއަށްފަހު އެ ފިހާރައިން ލިބޭ ދޫނި ކާނާ، އެކި ވައްތަރުގެ ޗޮކުލެޓު" ނަދީ އިސްތިހާރު ކުރެއެެވެ.
އެކިވައްތަރުގެ މާމެލާމެލި އެއްތަނަކުން ހޯއްދެވުމަށް ލޫލޭ ހިޔާރު ކުރައްވެމަށް ބެލުންތެރިންގާތު ބުނަމުން ނަދީގެ މި އިސްތިހާރު ނިންމާލަނީ ފިހާރައިގެ ބޭރުގައި ހުރެ "ލޫލޭ" އޭ ކިޔާ ގޮވާލަމުންނެވެ.
https://www.tiktok.com/@nadhyy5/video/7064600872721894658?is_copy_url=1&is_from_webapp=v1
ނަދީއަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކް ތަރިއެކެވެ. ހާއްސަގޮތެއްގައި ނަދީގެ ބައެއް ބަސް ބަސް ވަރަށް ބޮޑަށް ވައިރަލްވެގެން ގޮސްފައިވެއެވެ. އެގޮތުން "ބޮމްބޭ ޓީ ބޯން އާދޭ" "މީ ކޮއްކޮގެ ބަކުންން" އަކީ ވައިރަލްވެފައިވާ ބައެއް ޑަޔަލޮގްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް