ދެކުނު ކޮރެއާގައި ކޮވިޑު ވެކްސިންގެ ހަތަރުވަނަ ޑޯޒު މިމަހުގެ ފަހުކޮޅު ދޭން ފަށާނެ

ދެކުނު ކޮރެއާއިން ކޮވިޑް-19 އަށް ދޭ ވެކްސިންގެ ހަތަރު ވަނަ ޑޯޒް މި މަހުގެ ފަހުކޮޅުން ފެށިގެން ދޭން ފަށާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. ދެކުނު ކޮރެއާގެ 57 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 52 އިންސ...

15 Feb 2022 | 05:16

ދެކުނު ކޮރެއާއިން ކޮވިޑް-19 އަށް ދޭ ވެކްސިންގެ ހަތަރު ވަނަ ޑޯޒް މި މަހުގެ ފަހުކޮޅުން ފެށިގެން ދޭން ފަށާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ދެކުނު ކޮރެއާގެ 57 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 52 އިންސައްތައަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވެއެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒު ވަނީ މި ބަލީގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށާއި، ސީރިއަސް އިންފެކްޝަންތައް ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް އެހީތެރިވެދީފައެވެ.

ކޮވިޑް-19ގެ ރެސްޕޮންސް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޤައުމުގެ ހެލްތު މިނިސްޓަރު ކްވޮން ޑިއޯކް-ޗެއޯލް ވިދާޅުވީ، ހަތަރުވަނަ ޑޯޒް އެންމެ ފުރަތަމަ ލިބޭނީ ހައި ރިސްކް ކެޓަގަރީގެ މީހުންނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް