އަވައްޓެރި އިންޑިއާއިން އަލަނާސި ބޭރުކުރި ނިސްބަތް 100 އިންސައްތަ މައްޗަށް ޖެހި، އެންމެ ގިނައިން އެ ގައުމުން އަލަނާސި އިމްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
އެގައުމުގެ ސަރުކާރުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޑިސެންބަރު މަހާ ހަމައަށް އަލަނާސި އެކްސްޕޯޓް ކޮށްގެން 3.26 މިލިއަން ޑޮލަރުގެ ފައިދާއެއްވަނީ ލިބިފައެވެ. މިއީ 2013 ވަނައަހަރު ލިބުނު ފައިދާއާއި އަޅާބަލާ އިރު 100 ގުނަ ފައިދާއެކެވެ. 2013 ވަނަ އަހަރު އިންޑިއިން އަލަނާސި ބޭރުކޮށްގެން ވަނީ 1.63 މިލިއަން ޑޮލަރުގެ ފައިދާ އެއްވެފައެވެ.
އިންޑިއާ ގައި އުފައްދާ އަލަނާސި އެތެރެކުރާ ގައިމުތަކުގެ ލިސްޓްގައި ރާއްޖެ އޮތީ ހަތަރު ވަނައިގައެވެ. އެގޮތުން އެންމެ ގިނައިން އަލަނާސި އިމްޕޯޓް ކުރަނީ އުނައިޓެޑް އަރަބި އެމިރޭޓްސް އިންނެވެ. ލިސްޓްގެ ދެ ވަނައިގައި ނޭޕާލް އޮތްއިރު ގަތަރު އޮތީ ލިސްޓްގެ ތިން ވަނައިގައެވެ. ފަސްވަނަ އަށް އެންމެ ގިނައިން އިންޑިއާއިން އަލަނާސި އެރެކުރަނީ އެމެރިކާއަށެވެ
އިންޑިއާއަކީ މުޅި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނައިން އަލަނާސި ހައްދާގައުމެވެ. އިންޑިއާއިން ވަނީ ދަނޑުގޮވާމުގެ ބާވަތްތައް އެގައުމުން ބޭރުކޮށްގެން 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ޖުމްލަ 20.67 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް