ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ދެވަނަ ފިޔަވަހީގެ 65 ޕަސެންޓް ނިމިއްޖެ

ރ .ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ދެވަނަ ފިޔަވަހި ގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. އެމްޓިސީސީން މިއަދު ބުނީ ދުއްވާ ސަރަޙައްދުގެ ސަބ...

15 Feb 2022 | 04:48

ރ .ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ދެވަނަ ފިޔަވަހި ގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓިސީސީން މިއަދު ބުނީ ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްތަކާ އަދި ޕޭވަމަންޓް މަސައްކަތުގެ 65 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައެވެ.

އަދި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުން މި މަޝްރޫޢުގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް