އޮސްކާއިން އާ އެވޯޑެއް ތައާރަފުކޮށް، ޓުވިޓާއިން ވޯޓު ދެވޭގޮތް ހަދަނީ

މިއަހަރުގެ އޮސްކާ އެވޯޑުގައި "ފޭން ފޭވަރިޓް" ގެ ނަމުގައި އާ އެވޯޑެއް ތައާރަފުކޮށް، ދޭން ނިންމައިފި އެވެ. މި އެވޯޑު ލިބޭ ފިލްމު ކަނޑައަޅަނީ ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާ އާއި އޮސްކާގެ ވެބްސައިޓު މެދުވެ...

15 Feb 2022 | 03:42

މިއަހަރުގެ އޮސްކާ އެވޯޑުގައި "ފޭން ފޭވަރިޓް" ގެ ނަމުގައި އާ އެވޯޑެއް ތައާރަފުކޮށް، ދޭން ނިންމައިފި އެވެ.

މި އެވޯޑު ލިބޭ ފިލްމު ކަނޑައަޅަނީ ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާ އާއި އޮސްކާގެ ވެބްސައިޓު މެދުވެރިކޮށް ނަގާ ވޯޓުންނެވެ. "އޮސްކާފޭންފޭވަރިޓް" ހޭޝްޓެގް ބޭނުން ކޮށްގެން ވޯޓުދެވޭ މި ކެޓަގަރީން ހޮވޭ ފިލްމަކަށް އޮސްކާ އެވޯޑު ހަފްލާގައި އެވޯޑު ދޭނެ އެވެ.

އެކަމަކު މި އެވޯޑު ރަސްމީކޮށް އެވޯޑު ދޭ ކެޓަގަރީތަކުގެ ތެރޭގައި ހިމަނާފައެއް ނުވެ އެވެ. މި އެވޯޑަކީ ގިނަ ސަޕޯޓަރުން ބޭނުންވާ ފިލްމަށް އެވޯޑު ނުލިބުމުން ހިތްހަމަ ނުޖެހުން ފާޅު ކުރާ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކުރަން ނިންމި ކަމެކެވެ.

މީގެ ކުރިން އޮސްކާ އެވޯޑު ހަފްލާގައި ގިނަ ބަޔަކު ގިނަ ކެޓަގަރީތަކަކުން އެވޯޑު ލިބޭނެ ކަމަށް ގަބޫލު ކުރި ފިލްމުތަކަކަށް އެއްވެސް އެވޯޑެއް ލިބިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ފިލްމު "ސްޕައިޑާމޭން - ނޯ ވޭ ހޯމް" އަދި "ނޯ ޓައިމް ޓު ޑައި" ހިމެނެ އެވެ.

ސަޕޯޓަރުންނަށް އެންމެ ކަމުދާ ފިލްމު ހޮވުމުގެ ފުރުސަތު ދޭން ފަށަން ނިންމި އިރު މީގެ ކުރިން އޮސްކާއިން ވަނީ ޓީވީ މެދުވެރިކޮށް އެންމެ ގިނަ މީހުން ބަލާ ފިލްމަކަށް އެވޯޑު ދީފަ އެވެ. އެކަމަކު އޭގެން ރީތި، މޮޅު ފިލްމުތަކަށް ގިނަ ބަޔަކު ބަލާފައި ނެތުމާއި އެންމެ ގިނަ ވެގެން މީހުން ފިލްމެއް ބެލި އަދަދު 10 މިލިއަނަށް ދަށްވުމުން އެ އެވޯޑު ދިނުން ހުއްޓާލީ އެވެ.

މިއަހަރު ބޭއްވުމަސް ހަމަޖެހިފައިވަނީ 94 ވަނަ އޮސްކާ އެވޯޑު ހަފްލާއެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް