މާދަމައަކީ ރަޝިޔާއިން ޔޫކްރޭނަށް ހަމަލާ ދޭނެ ދުވަސް ނުވަތަ "ޑޭ އޮފް އެޓޭކް" ކަން މިހާރު އެނގިފައިވާކަމަށް ޔޫކްރޭނުން ބުނެފިއެވެ.
ޔޫކްރޭނުން މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ރަސްމީ ރިޔާސީ ޕޭޖުގައެވެ.
އެ ޕޭޖުގައި އެ ގައުމުގެ ރައީސް ވޮލަދޮމިރް ޒޮލެންސްކީ ދެއްވާފައިވާ ކުރު ބަސްދީގަތުމެއްގައި މީގެ ގަޑިއެއްހާއިރު ކުރިން ބުނެފައިވަނީ މާދަމާ (16 ފެބްރުއަރީ 2022) ވާ ބުދަ ދުވަހަކީ ޑޭ އޮފް އެޓޭކްކަން މިހާރު އެނގިފައިވާކަަމަށެވެ.
"ފަހަތަކަށް ޖެހުމެއް ނެތް، މިގައުމުގެ އޮތީކީ މީގެ އަށް އަހަރު ކުރީގެ ސިފައިންގެ ފައުޖެއް ނޫން، ކޮމްބެޓް ތަޖުރިބާ އާއި ޒަމާނީ ހަތިޔާރު އެބަހުރި" އެ ބަސްދީގަތުމުގައި ބުނެފައިވެއެވެ.
މިއާއެކު މާދަމައަކީ ޔޫކްރޭނުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސްގޮތުގައިވެސް އެގައުމުގެ ރައީސް ވަނީ ނިންމަވައި އެކަން އިއުލާނު ކުރައްވާފައެވެ.
"ގައުމުގެ ދިދަ މާދަމާ ވިހުރުވާލާނެ، ނުލާއި ރީނދޫ ރިބަނުން އަހަރެމެންގެ އެއްބައިވަންތަކަން މުޅި ދުނިޔެއަށް މާދަމާ ދައްކާލާނެ" އެ ބަސްދީގަތުމުގައި ބުނެފައިވެއެވެ.
ފަހުބަަހަކަށްވެސް ޔޫކްރޭންގެ ރައީސް ވިދާޅުވެފައިވަނީ ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. ބަލި ގަބޫލު ނުކުރާނެ ކަމަށެވެ.
ރަޝިޔާއާއި ޔޫކްރޭންގެ މަސްރަހު ގޯސްވެފައިވާއިރު އެ މަސްރަހު ފިނިކުރެވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރާ އެމެރިކާއިން މިއަދު ވަނީ އެމެރިކާއިން ޔޫކްރޭނުގައި ގާއިމްކޮށްފައިވާ އެމްބަސީވެސް މިއަދު ބަންދުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާގެ ފައުޖުތައް ޔޫކްރޭން ވަށާލާފައިވާއިރު ފައުޖުގައި ހިމެނޭ ސިފައިންގެ އަދަދު އުޅެނީ ލައްކައިން މަތީގައެވެ. ހާހުން ގުނާލެވޭ އަދަދަށް ޓޭންކަރާއި ހަތިޔާރާއެކު އެ ފައުޖުތައް ތައްޔާރަށް ތިބީ މަތިން އަންނާނެ އޯޑަރަކަށް ބަލަ ބަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެޑިޓަރުގެ ނޯޓް: ހަބަރުގައި މާދަމާ ކަމަށް ބުނެފައިއެވަނީ ރާއްޖޭގެ ގަޑިއަށް ބަލައިގެންނެވެ. ރާއްޖޭގެ ތާރީހުން ބަލައިގެންނެވެ. ޔޫކްރޭން ގަޑިން ބަލާނަމަ މި ހަބަރު ލިޔުނު ވަގުތަކީ14 ފެބްރުއަރީ2022 ގެ ރޭގަނޑު09:53 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް