ދިވެހި ގައުމަށް ހިދްމަތް ކޮށްދެއްވާ އަންހެން ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ “ރެހެންދި އެވޯޑް” ށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން މިއަދު ބުނި ގޮތުގައި، ރެހެންދި އެވޯޑަށް ކުރިމަތިލުމާއި ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެ އެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝާން ފޯމާއި އެކު ޕާސްޕޯޓު ސައިޒުގެ ފޮޓޯ އަކާއި ވަނަވަރުގެ އިތުރުން ފޯމްގައިވާ މައުލޫމާތުތައް ކަށަވަރުކޮށްދޭ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި އެވޯޑަށް އެހެން ފަރާތެއް ނޮމިނޭޓް ކުރަން ބޭނުންނަމަ، ހުށަހަޅާ ފަރާތުގެ ސިޓީ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
މިދިޔަ އަހަރު އެ އެވޯޑު ލިބިފައިވަނީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުވޭރިޔާ ވަޖުދީ އާއި ކޭކު ޑިޒައިން ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އައިމިނަތު ނަޝީދާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް