ނާޒިމް އެޕާޓްމަންޓަށް ފުލުހުން ވަންނަން އުޅުމުގެ ތެރޭގައި ދެމީހަކަށް އަނިޔާވި

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފުލުހުން ވަންނަން އުޅުމުގެ ތެރޭގައި ނާޒިމްގެ އަނބިކަނބަލުންނާއި ދަރިކަނަބލުންނަށް އަނިޔާވެފައިވާކަން ފުލުހުންގެ ލިއުމަކުން ހާމަވެ...

15 Feb 2015 | 09:28

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފުލުހުން ވަންނަން އުޅުމުގެ ތެރޭގައި ނާޒިމްގެ އަނބިކަނބަލުންނާއި ދަރިކަނަބލުންނަށް އަނިޔާވެފައިވާކަން ފުލުހުންގެ ލިއުމަކުން ހާމަވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި "ޓީމް ނާޒިމް" ގެ ނަމުގައިވާ ގްރޫޕެއްގައި އާންމުކޮށްފައިވާ ފުލުހުންގެ "މީހުން ދިރިއުޅޭ ތަންތަނާއި ގޯތިގެދޮރު ބަލައި ފާސްކުރުމާއި ބެހޭ ފޯމް"ގައިވާ ގޮތުން އެ ދެމީހުންނަށް ވަނީ ފުލުހުން އަމަލު ކުރި ގޮތުން އެކި ވަރުގެ އަނިޔާތައް ވެފައި އެވެ. އާންމުވެފައިވާ އެ ފޯމަކީ ސައްހަ ފޯމެއް ކަމަށް ފުލުހުން މީޑިއާގައި ވަނީ ވަނީ ބުނެފައި އެވެ.

އެ ފޯމްގައި ބުނެފައިވަނީ ގ. އެނިފްއަށް ފުލުހުން ވަދެ އެޕާޓްމަންޓް 8ބީގެ ކޮޓަރިއެއްގެ ތެރޭގައި ހުރި މ. ސީނުކަރަންކާގެ އައިޝަތު ލުހާ ނާޒިމްގެ އަތުގެ އިނގިއްޔަކަށް އަނިޔާވެފައިވާ ކަމަށާއި އަދި އެ އެޕާޓްމަންޓްގެ އެހެން ކޮޓަރިއަކަށް ވަނުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ގ. އެނިފް، އަފާފް އަބްދުލް މަޖީދުގެ ފަޔަށް ގެއްލުންވެފައިވާ ކަމަށެވެ.

އަދި ފުލުހުން އެގެއަށް ވަނުމުގެ ތެރޭގައި އެގޭ މައިދޮރަށާއި އެގޭގެ އެޕާޓްމަންޓް 8ބީއަށް ވަންނަ ދޮރަށާއި އެ އެޕާޓްމަންޓްގައި ހުރި ތިން ކޮޓަރީގެ ތެރެއިން ދެ ކޮޓަރީގެ ދޮރަށާއި އެއް ކޮޓަރީގެ ފާހާނާއަށް ވަންނަ ދޮރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެ ފޯމުގައި ވެ އެވެ.

ފުލުހުން ވަނި ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ހަތިޔާރު ފެނުން ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް