ސިވިލް ކޯޓުގެ ޝަރީއަތްތައް އެއް ހަފްތާއަށް މެދު ކަނޑާލައިފި

މައްސަލައިގެ ބާވަތަށް ބަލައިގެން ޝަރީއަތް ހިންގުމަށް ސިވިލް ކޯޓުގައި ގާއިމްކުރި ފަސް ޑިވިޝަންގެ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ސިވިލް ކޯޓުގެ ޝަރީއަތްތައް މ...

15 Feb 2015 | 09:11

މައްސަލައިގެ ބާވަތަށް ބަލައިގެން ޝަރީއަތް ހިންގުމަށް ސިވިލް ކޯޓުގައި ގާއިމްކުރި ފަސް ޑިވިޝަންގެ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ސިވިލް ކޯޓުގެ ޝަރީއަތްތައް މެދުކަނޑާލައިފި އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އެ ގޮތަށް ނިންމައި އެ ކޯޓުން މިއަދު އާންމުކުރި ލިޔުމުގައި ވާގޮތުން މި ހަފްތާގައި އެ ކޯޓުގައި އެއްވެސް ޝަރީއަތެއް ނުބާއްވާނެ އެވެ. ނަމަވެސް މައްސަލަތައް ބަލައިގަންނަގޮތަށް ވަނީ ނިންމާފައި އެވެ.

ސިވިލް ކޯޓު ފަސް ޑިވިޝަނަށް ބަހާލައި އެ ކަމުގެ އިޖުރާއަތްތައް ސުޕްރީމް ކޯޓުން ކަނޑައަޅައި އާންމުކުރީ މިދިޔަ މަހުގެ 15ގަ އެވެ. އެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް ދިން އެއް މަސްދުވަހުގެ ފުރުސަތު ހަމަވެ، މިއަދު ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އަމަލުކުރަން ފަަށާފަ އެވެ.

ސިވިލް ކޯޓު ބަހާލާފައި ވަނީ، މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތަކާއި މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތަކާއި އިދާރީ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ އިތުރުން ޑިސްޕިއުޓް ރިޒޮލިއުޝަނާ ބެހޭ ޑިވިޝަނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް