މީހެއްގެ އަމަލުތައް ހުރިގޮތުން ފުލުހުން ބަލާ ފާސްކުރި މީހެއްގެ އަނގާތެރެއިން މަސްތުވާތަކެތި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އަންގާތެރެއިން މަސްތުވާތަކެތި ފެނިގެން ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެއްކަމަށެވެ. ވިލިމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ހައްޔަރު ކުރި އެ މީހާގެ އަނގައިގެން ފެނިފައިވަނީ މަސްތުވާތަކެތި ހުރި އެއް ރަބަރު ޕެކެޓެވެ.
އޭނާ ހައްޔަރު ކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ މައްސަލައިގަ ހައްޔަރު ކުރި މީހާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާއިރު މަސްތުވާއެއްޗެހި ކަމަށް ޝައްކު ކުރެވޭ 12 ރަބަރު ޕެކެޓާއި އެކު ކ. ކާށިދޫއިން 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް