ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ 2012، މެއި 30 ވަނަ ދުވަހުގެ ރޭ ފަތިހު ފެނުނު ހއ. ހޯރަފުށި، ނޫރީގެ މުހައްމަދު އަރުހަމް 16 ގެ މަރުގެ މައްސަލައިގެ ޝަރީއަތް އަނެއްކާވެސް ކެންސަލް ކޮށްފި އެވެ.
އަރުހަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް މިހާތަނަށް ބާއްވަން އުޅުނު ގިނަ ފަހަރު ކެންސަލް ކޮށްފައިވާއިރު މިއަދު ބާއްވަން އުޅުނު ޝަރީއަތް ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވާބްލޫ މުހައްމަދު ވިސާމް ގެ މައްޗަށެވެ.
އޭނާ މަރާލާފައިވަނީ އަންހެނެއްގެ މައްސަލައިގަ ކަމަށް އެދުވަސްވަރު ވާހަކަ ދެކެވިފައިވާއިރު އަރުހަމަށް ހަމަލާދީ މަރާލާފަފައިވަނީ އޭނާ ލޮރެންޒޯ ޕާކު ތެރޭގައި ނިދާފައި އޮއްވައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް